އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓު މަރާމާތުކުރުން

އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް  އއ. ޖުޑީޝަލް ކްލަސްޓަރގެ ފަރާތުން ރީޖަނަލް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ވަނީ ހަވާލުކުރެވިފައެވެ. މި މަސައްކަތުގެ ސަބަބުން ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްލިބި، މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، ކޯޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.