މަޢުލޫމާތު ހޯދާ ލިބިގަތުން

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މިޑިޕާޓްމަންޓުން ދޫކުރާ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ޝާއިއުކުރުމުގެ ގޮތުން ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެއެވެ. އަދި މިޤާނޫނުގެ ދަށުން މައުލޫމާތު އާއްމުކުރުމާއި ދޫކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ އިންފޮމޭޝަން އޮފިސަރެއް މިޑިޕާޓްމަންޓްގައި ހަމަޖެހިފައި ހުރެއެވެ.

އިންފޮމޭޝަން އޮފިސަރ : ނާޞިރާ ހިލްމީ

ނަންބަރު: 3340904

އީމެއިލް: [email protected] / [email protected]

މައުލޫމާތަށް އެދި ހުށަހެޅުން

މި ޑިޕާޓްމަންޓުގެ ސަރކިއުލަރ 8/2021 (ޝަރުޢީ ދާއިރާގެ ކަންކަމާ ގުޅޭ މައުލޫމާތަށް އެދުމާއި އާއްމުކުރުމާ ބެހޭ އުސޫލު) ގައިވާ ގޮތުގެ މަތިން ވަކިވަކި ކޯޓުތަކުގެ މައުލޫމާތު ފިޔަވާ، މިޑިޕާޓްމަންޓުން ބަލަހައްޓާ ޝަރުޢީ ދާއިރާއާ ބެހޭ މައުލޫމާތު އާއްމުކުރުމާއި ދޫކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ އިންފޮމޭޝަން އޮފިސަރެއް ޑިޕާޓްމަންޓްގައި ހުންނާނެއެވެ. އަދި އޭނާގެ ނިންމުންތައް މުރާޖަޢާކުރަން އެދި ހުށަހަޅައިފިނަމަ އެކަން ބެލުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވައިލެވިފައިވާ މުރާޖަޢާ ކޮމިޓީގައި ހިމެނޭނީ މިޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.

މެޖިސްޓްރޭޓް ކޯޓުތައް ފިޔަވައި އެހެން ކޯޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ކޯޓެއްގައި ވެސް މައުލޫމާތު އާއްމުކުރުމާއި ދޫކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ އިންފޮމޭޝަން އޮފިސަރެއް ހުންނާނެއެވެ. އަދި އޭނާގެ ނިންމުންތައް މުރާޖަޢާކުރަން އެދި ހުށަހަޅައިފިނަމަ އެކަން ބެލުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވައިލެވިފައިވާ މުރާޖަޢާ ކޮމިޓީގައި ހިމެނޭނީ އެކޯޓެއްގެ މުވައްޒަފުންނެވެ.

މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެކޯޓެއް ނިސްބަތްވާ ކްލަސްޓަރއެއްގައި މައުލޫމާތު އާއްމުކުރުމާއި ދޫކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ އިންފޮމޭޝަން އޮފިސަރެއް ހުންނާނެއެވެ. އަދި އޭނާގެ ނިންމުންތައް މުރާޖަޢާކުރަން އެދި ހުށަހަޅައިފިނަމަ އެކަން ބެލުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވައިލެވިފައިވާ މުރާޖަޢާ ކޮމިޓީގައި ހިމެނޭނީ އެކޯޓެއް ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ މުވައްޒަފުންނެވެ.

މި ޤާނޫނުގެ ދަށުން މައުލޫމާތަށް އެދި ހުށަހެޅުއްވުމަށް ތިރީގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޑިޕާޓްމަންޓްގެ ކައުންޓަރަށް ނުވަތަ އީމެއިލްއަށް ހުށަހެޅުއްވޭނެއެވެ.