ވިސްލްބްލޯވަރ ޕްރޮޓެކްޝަން

ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން، އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައުލޫމާތު ހުށަހަޅައި ވިސްލްބްލޯކުރުމުގެ އިންތިޒާމް މި ޑިޕާޓްމަންޓުގައި ޤާއިމުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

އެގޮތުން، ވިސްލްބްލޯކުރާނަމަ، ތިރީގައިވާ އީމެއިލްއަށް މެއިލްކޮށް ނުވަތަ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މައުލޫމާތު ހުށަހެޅިދާނެއެވެ.

ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ: އަލްއުސްތާޛާ ޢާއިޝަތު ލީން / ލީގަލް އޮފިސަރ

ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރގެ އީމެއިލް: [email protected]

ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރއަށް ގުޅޭނެ ނަންބަރު: 3340782

އަދި، 15 މުވައްޒަފުންނަށް ވުރެ މަދުން މުވައްޒަފުން ތިބޭ ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވިސްލްބްލޯކުރާނަމަ، ވިސްލްބްލޯކުރަން ވާނީ މި ޑިޕާޓްމަންޓްގައި ގާއިމު ކުރެވިފައިވާ އިންތިޒާމްގެ ތެރެއިން ކަމުގައި ވެސް ދެންނެވީމެވެ.