‘ޖުޑީޝަލް ވަރކްޝޮޕް އޮން ކްރިމިނަލް އެވިޑެންސް’ ޕްރޮގްރާމް ފެށުން

ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި ޖުޑީޝަލް އެކެޑަމީ ގުޅިގެން ބާއްވާ ‘ޖުޑީޝަލް ވަރކްޝޮޕް އޮން ކްރިމިނަލް އެވިޑެންސް’ ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ. މިއަދު ފެށުނު ތަމްރީން ޕްރޮގްރާމަކީ މި އަހަރުގެ ފެބްރުވަރީ މަހު ބޭއްވުނު ކްރިމިނަލް އެވިޑެންސް ތަމްރީން ޕްރޮގްރާމްގެ ފޮލޯއަޕް ވާކްޝޮޕެކެވެ. ދެ ދުވަހުގެ މުއްދަތަށް (14ން 15 ޖޫންގެ ނިޔަލަށް) ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި ޕްރޮގްރާމަކީ ކްރިމިނަލް އެވިޑެންސަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ ޑިޖިޓަލް އެވިޑެންސް، ޓެރަރިޒަމް، ކޮރަޕްޝަން، މަނީ ލޯންޑްރިންގ، ޓްރެފިކިންގ އޮފް ނާކޮޓިކްސް، ހިޔުމަން ޓްރެފިކިންގ އަދި ވަޔަލަންޓް ކްރައިމްސްއާ ގުޅޭގޮތުން ފަނޑިޔާރުން ހޭލުންތެރި ކުރުވައި، ބައިނަލްއަޤުވާމީ ޖޫރިސްޑިކްޝަންތަކުގެ ތަޖްރިބާގެ މައުލޫމާތުތައް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ފަނޑިޔާރުންނަށް ހޯދައިދީ މި މައުލޫތަކަށް އަހުލުވެރި ކުރެވުނެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ފެސިލިޓޭޓްކޮށްދެއްވާނީ ސެންޓަރަލް ޑިސްޓްރިކްޓް އޮފް ކެލިފޯނިއާގެ ޔުނައިޓް ސްޓޭޓްސް ޑިސްޓްރިކްޓް ޖަޖް ޑޭވިޑް އޯ. ކާޓަރ އެވެ. މީގެއިތުރުން، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ކައުންޓަރ-ޓެރަރިޒަމް، އެޑްމިނިސްޓްރޭޓިވް އޮފީސް އޮފް ދި ޔޫ.އެސް ކޯޓްސް، ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން އަދި ފޭސްބުކްގެ ކަމާގުޅޭ މާހިރުން ސެޝަންތަކުގައި މައުލޫމާތު ދެއްވާނެއެވެ. މި ވޯކްޝޮޕްގެ ތެރެއިން އެބޭފުޅުންގެ އިމްލާއި ތަޖުރިބާގެ އަލީގައި، ވޯކްޝޮޕްގެ ތަފާތުގެ މައުލޫތަކަށް އަލިއަޅުވާލައި، ފަނޑިޔާރުންނަށް ބޭނުންވާ މުހިއްމު މައުލޫމާތުތައްވެސް ހިއްސާކުރެވި ފަނޑިޔާރުންގެ މައުލޫމާތު މުއްސަދިވެގެންދާނެއެވެ.

މިއަދުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ޑައިރެކްޓަރ އޮފް ޖުޑީޝަލް އެކެޑަމީ އަދި ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ކައުންޓަރ-ޓެރަރިޒަމް ލީގަލް އެޑްވައިޒަރ ޔެ-ޓިންގ ވޫ އެވެ.

މިއަދުގެ މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުގެ އިތުރުން ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓުން ހިމެނޭގޮތުން ޖުމްލަ 29 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.