ޕީ.އެސް.އައި.ޕީ  ޕްރޮޖެކްޓްގެ ތެރެއިން ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

2023ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ލަތީފް އެވެ.

7,403,554.61ރ. (ހަތް މިލިއަން ހަތަރުލައްކަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް އެއްލާރި) ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.