ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔެކިޔުންތައް ފޮނުވުމަށްޓަކައި ފަސޭހަ ނިޒާމެއް ގާއިމްކުރުން

މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ފޮނުވޭނެ ގޮތް ހެދުމަށްޓަކައި ޑިވަލޮޕްކޮށްފައިވާ ސިސްޓަމް މެޖިސްޓްރޭޓް ކޯޓުތަކަށް މިއަދު ވަނީ ތަޢާރަފްކުރެވިފައެވެ. މީގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާ އުފުލުމާއި ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. މި ސިސްޓަމް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ބޭނުން ކުރަމުންނެވެ. މިއީ، އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެން ބޭނުންކުރާނެ ވަގުތީ ސިސްޓަމެކެވެ. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިންގ ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެއެވެ.