ސްޕީޑް ޓައިޕިންގް ޓްރެއިނިންގ އިން ދިވެހި ފޯރ ޖުޑިޝަރީ

.ޖުޑިޝަލް އެކެޑަމީ ގެ ފަރާތުން “ސްޕީޑް ޓައިޕިންގ ޓްރެއިނިންގ އިން ދިވެހި ފޯރ ޖުޑިޝަރީ” ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް 2021 ނޮވެމްބަރ 1 ވަނަ ދުވަހުން ފެށިގެން 5 ހަފްތާގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލް ކުރެވިފައެވެ. މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ކޯޓުތަކުގައި ހިނގާ އަޑުއެހުންތައް ޓައިޕްކުރާ މުވައްޒަފުންނާއި، އަދި ކޯޓުތަކުގެ ބަޔާންތަކާއި އެހެނިހެން ލިޔުންތައް ޓައިޕްކުރާ އިދާރީ މުއައްޒަފުންނަށެވެ

ސްޕީޑް ޓައިޕިންގ ޕްރޮގްރާމްގެ މަޤްސަދަކީ ޖުޑީޝަރީ ދާއިރާގައި ބޭނުންކުރާ ލިޔެކިޔުންތަކާއި އަޑުއެހުންތައް ދިވެހި ބަހުން ޓައިޕް ކުރުމަށް އަހުލުވެރިވެ އެފަދަ ލިޔުންތައް ފަރިތަކަމާއި އަވަސްކަމާއެކު ކުށް މަދުކޮށް ޓައިޕް ކުރުމުގެ ހުނަރު ތަރައްޤީ ކުރުމެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، ޓައިޕް ކުރުމުގެ ސްޕީޑްގެ އިތުރުން ޓައިޕިންގ އެކިއުރަސީ އަދި ފްލުއަންސީ އިތުރުވެގެން ދިއުމަކީ ކޯޓުތަކުން ކުރިއަށްގެންދާ އަޑުއެހުންތަކުގެ ލިޔެކިޔުން ފުރިހަމަކުރުމުގެ މަސައްކަތްތަކަށާއި، ލިޔެކިޔުން ޓައިޕްކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތަކަށް އިތުރު އަވަސްކަމެއް ލިބިގެންދާނެ ކަމެކެވެ.

.މި ޕްރޮގްރާމުގައި މާލެ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 26 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާނެއެވެ

.އަދި މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުންނެވެ

https://bit.ly/3pV5u2H