ކަސްޓަމަރ ކެއަރ ޓްރެއިނިންގ

ޖުޑިޝަލް އެކެޑަމީ އާއި ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގުޅިގެން މާލެ ކޯޓުތަކާއި ޑީޖޭއޭގެ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަސްޓަމަރ ކެއަރ ޓްރެއިނިންގ އެއް 2021 އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 16:00 ސްޓެލްކޯ ޓްރެއިނިންގ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޓްރެއިނިންގެ ޕްރޮގްރާމްގެ މަޤްސަދަކީ ޢާންމު ރައްޔިތުންނާއި މުޢާމަލާތްކޮށް ގާތުން މަސައްކަތް ކުރައްވަވާ މުވައްޒަފުން ކޯޓްތަކަށް ހިދުމަތް ހޯދުމަށްވަޑައިގަންނަވާ ފަރާތްތަކާއި މުއާމަލާތްކުރުމުގައި ޢަމަލުކުރާނެގޮތްތަކާއި، އަދި ޢާންމުންނަށް ޙިދުމަތް ދިނުމުގައި ބަލަހައްޓަންޖެހޭ މިންގަޑުތައް ބެލެހެއްޓުމާއި ގުޅޭގޮތުން ތަމްރީނުކުރުމެވެ. މިޕްރޮގްރާމްގައި އާންމުންގެ ފަރާތުން ހުށަހަޅާ ޝަކުވާ މެނޭޖްކުރުމާއި، ލިބޭ ހިޔާލުގެ މައްޗަށް ހިދުމަތްދިނުން ރަނގަޅުކުރުމާއި، ފޯނުން މުޢާމަލާތް ކުރުމަގައި ގެންގުޅެންޖެހޭ އަދަބުތައްވެސް ހިމެނިގެންދާނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް މިހާރު ކޯޓުތަކުން ދެމުންދާ ހިދުމަތް އިތުރަށް ހަރުދަނާވެ ހަލުވިކަމާއެކު އާންމުންނަށް ހިދުމަތް ދެވިގެން ދިޔުމަކީ މި ޓްރްއިނިންގެ މައިގަނޑި އަމާޒެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 44 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާނެއެވެ. .އަދި މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ، ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް އަދި ކަސްޓަމަރ ސަރވިސް ރީޖަނަލް އޮޕަރޭޝަންސްގެ ސީނިއަރ މެނޭޖަރ މަސްޢޫދު އަލީއެވެ.