ސައިބަރ ސެކިއުރިޓީ ސެޝަން

ސައިބަރ ސެކިއުރީޓީ އެވެއަރނެސް މަންތު ފާހަގަކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސައިބަރ ސެކިއުރިޓީއާ ގުޅޭ އެވެއަރނަސް ސެޝަންތަކެއް 02 ބެޗަކަށް ބަހާލައިގެން، 2021 އޮކްޓޮބަރ 28 ވަނަ ދުވަހާއި 2021 ނޮވެންބަރ 04 ވަނަ ދުވަހު މެންދުރު 14:00 އިން 15:00 އަށް، ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2021 އޮކްޓޯބަރ 28 ވަނަ ދުވަހުގެ ސެޝަން އަމާޒުކުރެވިފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށެވެ. މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 239 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި 2021 ނޮވެމްބަރ 04 ވަނަ ދުވަހުގެ ސެޝަން އަމާޒުކުރެވިފައިވަނީ މާލޭ ކޯޓުތަކާއި، ޑީޖޭއޭގެ މުވައްޒަފުންނަށެވެ. މި ސެޝަންގައި ޖުމްލަ 74 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ލެކްޗަރާރ އަލްފާޟިލް އިބްރާހިމް ތޯރިޤެވެ.