ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް ބޭއްވުނު ބޭސިކް ފަޔަރ އެވެއަރނެސް ޓްރޭނިންގ

ސުޕްރީމްކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން  ‘ބޭސިކް ފަޔަރ އެވެއަރނަސް ޓްރޭނިންގ’ އެއް 18 ޖޫން 2022 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި ގުޅިގެން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މިއީ ޖުޑީޝަރީގެ މުވައްޒަފުން، ފަޔަރ ސޭފްޓީއަށާއި، ބޭސިކް ފަޔަރ ފައިޓިންގ ޓެކްނިކްސް އަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ސުޕްރީމްކޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޓްރޭނިންގައި، އަލިފާން ނިވާނެ ގޮތުގެ ޕްރެކްޓިކަލް ސެޝަން އަކާއި އަދި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަދި އަލިފާނުން ރައްކާތެރިވުމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މި ޕްރޮގްރާމްގައި ސުޕްރީމްކޯޓުގެ 13 މުވައްޒަފުން ބައިވެރިވެލެއްވިއެވެ.