Max Planck webinar; Access to Justice for Children

މެކްސް ޕްލޭންޑް ފައުންޑޭޝަން ފޮރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ‘އެކްސެސް ޓު ޖަސްޓިސް ފޮރ ޗިލްރަން’ ގެ ނަމުގައި 27 ފެބުރުވަރީ 2022 ވަނަ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން މިއަދު ނިންމާލައިފިއެވެ. މެކްސް ޕްލޭންކް ފައުންޑޭޝަނާއި ގުޅިގެން 2021 އިން 2022 އަށް، މައިގަނޑު ތީމް ތަކަކަށް ބަލާހައިގެން ހަތަރު ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަން އަކީ މިގޮތުން ކުރިއަށް ގެންދެވުނު ދެވަނަ ޕެނަލް ޑިސްކަޝަން އެވެ.

މި ޕެނަލް ޑިސްކަޝަންގެ މަޤުޞަދަކީ، ޢަދުލުއިންޞާފަށް ވާޞިލުވުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރާ ގުޅޭގޮތުންނާއި އަދި ޚާއްޞަކޮށް ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގައި ހަމަހަމަ ފުރުޞަތުތައް ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުންނަށް ކުރެވިދާނޭ ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރުމާއި އަދި ބައިނަލް އަޤުވާމީ ޖޫރިސްޑިކްޝަންތަކުގެ މިފަދަ ތަޖްރިބާގެ ފުރުޞަތުތައް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ފަނޑިޔާރުންނަށް ހޯދައިދީ ހޭލުންތެރި ކުރުވުމެވެ.

ދެގަޑިއިރަށް ކުރިއަށް ގެންދެވުނު މި ވެބިނަރ ޑިސްކަޝަންގައި ބޭރުގެ ޖޫރިސްޑިކްޝަންތަކުގެ ފަނޑިޔަރުންނާއި އަދި ކަމާގުޅޭ ފަންނީ މާހިރުން ބައިވެރިވަޑައިގެން، ކުޑަކުދިންނަށް ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުން ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރާގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވެއެވެ. މިގޮތުން، މި ވެބިނާގައި ބައިވެރިވެ ވަޑައިގެންނެވި ކަމާގުޅޭ ބޭރުގެ މާހިރުންގެ ތެރޭގައި Emeritus Professor of Law Savitri Goonesekere  އާއި Justice Muhammad Imman Ali, Supreme Court of Bangladesh ހިމެނިވަޑައިގަންނަވައެވެ.

މި ވެބިނަރ ގައި ތިރީގައި މިވާ މަޢުޟޫޢުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

Defining a “child-friendly justice system”: defining the features of a “child-friendly justice system” and how this relates to access to justice.

The challenges faced when seeking to implement a child-friendly justice system

The Role of Judges in Ensuring Access to Justice for Children

In addition to the panel discussion series, DJA is also partnering with Max Planck in other programs for the continuous education for Judges.

މި ޕްރޮގްރާމުގައި މާލޭގެ ސްޕީރިއަ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތުން މުޅި ޖުމްލަ 46 ފަނޑިޔާރަކަށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.