ވޯރކްޝޮޕް އޮން ހޭންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓް

ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ސަޕޯޓިންގ ޖަސްޓިސް ސެކްޓަރ ރިފޯރމް އެންޑް އެންޓި-ކޮރަޕްޝަން އިން ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން، އީ.ޔޫ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގުޅިގެން، ވޯރކްޝޮޕް އޮން ހޭންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓްގެ 02 ވަނަ ވޯކްޝޮޕް ކޯޓުތަކުގެ ރެޖިސްޓްރާރުންނަށް އަމާޒުކޮށް، މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގައި ކޯޓުތަކުގެ ރެޖިސްޓްރާރުންނާއި އެސިސްޓަންޓް ރަޖިސްޓްރާރުން ހިމެނޭގޮތުން ޖުމްލަ 14 ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ. މިފަދަ ޕްރޕޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ، މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ހާސްކަން މެނޭޖް ކުރާނެގޮތާއި، މަސައްކަތްތައް ކުރުމުގައި ވަގުތު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގައި ގެންގުޅޭނެ އެކުޅުތަކާ ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކޮށް، މަޢުލޫމާތު ދިނުމެވެ. ސްޓްރެސް އަދި ޓައިމް މެނޭޖް ކުރުމަށް މުވައްޒަފުންނަށް މި ޕްރޮގްރާމްތައް ހިންގުމުގެ އެންމެ މުހިއްމު ބޭނުމަކީ، މުވައްޒަފުގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި މަސައްކަތުގެ ހަލުވިކަން އަދި ފެންވަރު ރަނގަޅުކޮށް، މަސައްކަތުގެ މާޙައުލަކީ ހިތްހަމަޖެހޭ އެކުވެރި މާހައުލަކަށް ބަދަލުކުރުމެވެ.

ހެންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓްގެ މި ޕްރޮގްރާމަކީ، ގްރޫޕް ތަކަކަށް ބަހާލައިގެން، އީ.ޔޫގެ އެހީގައި މިއަރުގެ އިތުރަށް މިއަންނަ އަހަރުވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ޑީޖޭއޭގެ ސީނިއަރ ސްޓާފުންނަށް އަމާޒުކޮށްގެން 02 ނޮވެންބަރ 2021ގައި ވަނީ މީގެ ފުރަތަމަ ބުރު ހިންގާފައެވެ.

މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވީ، ޔޫރަޕިއަން ޔޫނިއަންގެ ކޮންސަލްޓަންޓް، ޖަސްޓިސް ރައިނަރ ޑެވިލްއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާރ އަލްއުސްތާޛު ފައިސަލް އާދަމް ވަނީ މި ޕްރޮގްރާމް ކޯ ފެސިލިޓޭޓަރއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.