ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ޓްރެއިނިންގ

މި ޕްރޮގްރާމަކީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު މުރާޖާކޮށް، ޕަބްލިޝްކުރުމާއި ގުޅިގެން މި ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސްނެންގެވުމުގެ މަތިން، ކްރިމިނަލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން، 2021 ޖޫން 14 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު މުރާޖާކޮށް އަލުން ޕަބްލިޝް ކުރެވި، މި ޤަވާއިދަށް، 2021 ޖޫން 15  ވަނަ ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން މި ޤަވާއިދަށް މިހާރު އައިސްފައިވާ ބަދަލުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމްގައި އެކި ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން ޖުމްލަ 109 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި ޕްރޮގްރާމްގެފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު މިޞްބާޙްއާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބް އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފެވެ.