ސްޕެޝަލައިޒް ޑައިލޮގް 1 ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް

ސްޕެޝަލައިޒް ޑައިލޮގް 1 ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް

Specialized Dialog 1 for the Judiciary of the Maldives – Fair Trial Rights in Civil Rights

މި ޕްރޮގްރާމަކީ، މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން 2021 ޖޫން 21 އިން 22 އަށް “ސްޕެޝަލައިޒް ޑައިލޮގް 1: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް” ގެ ނަމުގައި ވަރޗުއަލްކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޑައިލޮގަކީ ސިލްސިލާ ޕްރޮގްރާމް ތަކެއްގެ ގޮތުގައި، އެކި ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން މިފަހަރުގެ ޕްރޮގްރާމްގެ މަޤްޞަދަކީ، މަދަނީ މައްސަލަތައް ހުށަހެޅުމުގައި ދިމާވާ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގައި ޙުކުމް ކުރުމުގައި ރާއްޖޭގެ ފަނޑިޔާރުންގެ މެދުގައި ނޮލެޖް އާއި ތަޖުރިބާ ބަދަލު ކުރުމުގެ އިތުރުން، އިންޓަރނޭޝަނަލް އެކްސްޕަރޓް ޖަޖަސްގެ ތަޖުރިބާ ހިއްސާކުރުމެވެ.

މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ޤާޟީން އަދި މެޖިސްޓްރޭޓުން ހިމެނޭގޮތުން 27 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި މެކްސް ޕްލޭންކްގެ ކަމާބެހޭ ރިސާރޗް ބޭފުޅުންގެ އިތުރުން އެކްސްޕާޓް ޕެނަލިސްޓެއްގެ ގޮތުގައި މިސްރުގެ ކޯޓް އޮފް ކެސޭޝަން ގެ ޖަޖް، މުޙައްމަދު އަލް ތަވީލާ (Judge Mohamed El Tawila) ބައިވެރިވެ ވަޑައިގަންނަވައެވެ.